13 މާޗް 2017 - 18:34

އެޑިސް އަބާބާ (މާޗް 13) - އިތިއޮޕިއާގެ ވެރިރަށް އެޑިސް އަބާބާގެ ކުނިގޮނޑަކުން ފޭބި ކުނިތަކެއްގެ ދަށުވެ މަރުވި މީހުންގެ އަދަދު 62 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އޮފިޝަލުން ބުނީ ކުނިތަކުގެ ދަށުވެ މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށެވެ. އެއީ ކުނިތައް ފޭބިއިރު ގޮނޑު ހޮވަން އެ ތަނުގައި 150 ވަރަކަށް މީހުން ތިބި ކަމަށްވާތީ އެވެ. ކުނި އޮވާ މީހުން ގޮނޑުގައި ދިރިއުޅެނީ ކުޑަ ޖިފްޓިތައް ޖަހައިގެންނެވެ. ފޭބި އެތައް ޓަނެއްގެ ކުނީގެ ދަށުުގައި އެތައް ޖިފްޓިއެއް ވެއްޖެ ކަމަށް އޮފިޝަލުން ބުނެ އެވެ. އެ ގޮނޑަށް ކުނިއަޅާތާ 50 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ކުނިތަކުގެ ދަށުގައިވި މީހުން ހޯދުމަށް މިހާރު ދަނީ ބުލްޑޯޒަރު ބޭނުން ކުރަމުންނެވެ. ބައެއް މީހުން ދަނީ އަތުން ވެސް ކުނިތައް ނަގާ ސާފު ކުރަމުންނެވެ.
ފޭބި ކުނިތަކުގެ ދަަށުން ސަލާމަތްވި މީހުންނަށް ވަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދީފަ އެވެ. ކުނިގޮނޑުގައި ދިރިއުޅޭ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް މިހާރު ވަނީ އަންގައިފަ އެވެ.