08 މާޗް 2025 - 11:33

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީއަކީ ކިއުކަމްބާ ސެލަޑެވެ.
ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)ގެ މިއަދު ތައްޔާރުކޮށްދޭ ސެލަޑަކީ، ވަރަށް އަވަހަށް، ފަސޭހައިން ތައްޔާރުކޮށްލެވޭނެ އަދި ސިއްހަތަށް ފައިދާ ހުރި ސެލަޑެކެވެ.
ކިއުކަމްބާ އަކީ ވަރަށް ގިނައިން ފެން އެކުލެވޭ ބާވަތަކަށް ވާތީ، ރޯދަ ވީއްލާ ގަޑިއަށް ވެސް މި ސެލަޑް ކަމުދާނެ އެވެ.
2 ކިއުކަމްބާ
2 ސަމްސާ ސެސެމީ ސީޑްސް
1 ސަމްސާ ސެސެމީ އޮއިލް
2 ސަމްސާ ފިޝްސޯސް
2 ސަމްސާ މާމުއި
މިރުސްކޮޅެއް
2 މޭޒުމަތީ ސަމްސާ ހިކިމިރުސް (މުގުރާފައި)
ލޮނުކޮޅެއް
ފިޝް ސޯސް އާއި މާމުޔާއި ލޮނުމެދާއި ރޯ މިރުސްކޮޅަކާއި ހިކިމިރުސްކޮޅު އަދި ސެސެމީ އޮއިލް އާއި ލޮނުކޮޅެއް އެއްކޮށްލާށެވެ. އޭގެތެރެއަށް ކިއުކަމްބާކޮޅު އަޅައި އެއްކޮށްލާނީ އެވެ.
ސެސެމީ ސީޑްސް މައްޗަށް އަޅާލާށެވެ.