05 މާޗް 2025 - 01:59

ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އެ މަގާމުން މި މަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ 11 އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވި ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ބައެއް މީޑިއާތަކުގައި ވިދާޅުވީ، ޕްރައިވެޓް ސެކްޓަރުގައި މަސަައްކަތް ކުރައްވަން ކަމަށެވެ.
މާކެޓިން މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާ އިން ރާއްޖެ އިން ބޭރުން މާސްޓާސް ހައްދަވާފައިވާ ވިސާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވައިފަ އެވެ.
އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބައެއް އިސް މަގާމުތައް ވެސް ކުރިން ފުރުއްވައިފަ އެވެ.