ގައްދޫ ދާއިރާގެ މެމްބަރުގެ އަނބިކަނބަލުންނަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުކަން
ގައްދޫ ދާއިރާގެ މެމްބަރުގެ އަނބިކަނބަލުންނަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުކަން

ރައްޔިތުންގެ މަޖިލިހުގެ ގައްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު (ގައްދޫ ރަޝީދު) ގެ އަނބިކަނބަލުންނަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ކަން މިއަދު ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ 4194، އާއިޝަތު ހުޝާމާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ހުޝާމާއާ އެކު އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު 10 ނައިބުން ތިއްބަވާނެ އެވެ.