04 މާޗް 2025 - 13:09

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުން އަހުމަދު ނާސިފް (ޑީޑީ) ވަކިކޮށް ވެމްކޯގެ ޗެއާމަނަކަށް މިއަދު ހަމަޖައްސައިފި އެވެ.
އޭނާ އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އޭގެ ކުރިން ނާސިފް ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަގާމުގަ އެވެ. އެ ކުންފުނީގެ ޗެއާމަން ކަމަށް އޭނާ އައްޔަން ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ނާސިފް ވަނީ 2018 ވަނަ އަހަރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ނާސިފް ކުރެއްވި އެވެ.