"މިހާރު ބަދިގެ": މުގުރޮށި
"މިހާރު ބަދިގެ": މުގުރޮށި

މުގަކީ ވަރަށް ގިނަ ގޭގޭގައި އެންމެ އާއްމު ކެއުމެވެ. ރޯދަ ވީއްލާގަޑިއަށް ވެސް ގިނަ ބަޔަކަށް ކަމުދާ މުގުން އެންމެ އާއްމު ކެއުމަކީ މުގު ރިހަ އެވެ. އެކަމަކު މިއަދު އޮތީ މުގުން ތަފާތު ރެސިޕީއެކެވެ.

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީއަކީ މުގު ރޮއްޓެވެ.

މި ޝޯ ހުށަހަޅައިދޭ ޑިޓިއުން ބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) ގެ މިއަދުގެ ރެސިޕީ ވެސް ތައްޔާރުކުރަން މާ ގިނަ އިރެއް ނުނަގާނެ އެވެ. ޕްރޮޓީންސް ގިނަ މުގު ރޮއްޓަކީ ރޯދަ ވީއްލާގަޑީގައި އާދައިގެ ރޮއްޓަށް ވުރެން ހަށިގަނޑަށް ލުއި އެއްޗެކެވެ.

1 ޖޯޑު މުގު

ކޮށާފައި ހުރި ފިޔާކޮޅެއް

ލޮނުކޮޅެއް

އިނގުރުކޮޅެއް

ކޮރިއެންޑާކޮޅެއް

މިރުސްކޮޅެއް

މުގުރޮށި ތައްޔާރުކުރަން ހަދަން ޖެހޭނެ ގޮތަކީ ހުރިހާ އެއްޗެއް މިކްސަރަށް އަޅައި ހިމުންކޮށްލުމެވެ. ފިހަން ފަސޭހަ މިންވަރަކަށް ފެންކޮޅެއް އެޅިދާނެ އެވެ.

އޭގެ ފަހުން، ތަވާ މަތީގައި އެ މީހަކު ބޭނުން ސައިޒަކަށް ރޮށި ފިހެލާނީ އެވެ.