03 މާޗް 2025 - 21:18

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި އެެވެ.

ރޯދަމަހަށް ހާއްސަކޮށްގެން ސައުދީ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކުރި އެވެ. އެ ކަދުރުތައް މިހާރު ވަނީ ބަހައި ނިންމައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފަހުން ހަދިޔާކުރަން ނިންމި 10 ޓަނުގެ ކަދުރު ރަސްމީކޮށް ރާއްޖެއާ ހަވާލު ކުރީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަަމަށެވެ.
ރާއްޖެއަށް ކަދުރު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީ އެވެ. ރާއްޖެއިން ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ޝަހީމް ވިދާޅުވީ ކަދުރު ހަދިޔާ ކުރެއްވުމަކީ ރާއްޖެ އާއި ސައުދީ ދެމެދު އޮންނަ ގުޅުމުގެ ބަދަހިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިނިސްޓަރު ވަނީ އެ ގައުމުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ އަށް ފުރަތަމަ ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.
އެ މިނިސްޓްރީން ވަނީ ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާތަކަށް ވެސް ކަދުރު ބަހައިފަ އެވެ.