03 މާޗް 2025 - 14:49

ބޭންކް އޮފް މޯލްޑިވްސްގެ މޮބައިލް އެޕް އަދި ޒަކާތް ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން ބުނީ މޮބައިލް އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ އެޕްލިކޭޝަންގެ "މޯ" ޖަހާފައިވާ ޓެބަށް ފިތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ ލިންކް ފެންނާނެ ކަމަށެވެ. އަދި އެޕްގެ އިތުރުން ޒަކާތް ޕޯޓަލް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ.
ބީއެމްއެލް މޮބައިލް އެޕް އަދި ބީއެމްއެލް ޒަކާތް ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނީ ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ހަވީރު 6:00 ޖަހަންދެނެވެ.
ބީއެމްއެލްއިން ކޮންމެ އަހަރަކު ވެސް ފަސޭހައިން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދެ އެވެ.