03 މާޗް 2025 - 15:33

މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަން މިއަދު ފަށައިފި އެވެ.
ސަންވޭ މޯލްޑިވިއަން އެސޯސިއޭޝަންގެ ގްރޫޕަށް، އެ ތަނުގައި އުޅޭ މީހަކު ފޮނުވި މެސެޖެއްގައި ބުނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ ޒުވާނަކު މެލޭޝިއާގެ ގަޑިން މެންދުރު 3:00 އިން ފެށިގެން ހޯދަމުން އަންނަ ކަމަށެވެ.
އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވީހާ ވެސް އަވަހަކަށް މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވަނީ އެދިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެއްސަކު ގެއްލުނު ކަމުގެ ރިޕޯޓު ލިބުމުން ހައި ކޮމިޝަނުން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.