ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލޭގައި ހިންގަމުން އަންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ރޯވީ ހުޅުމާލެ 1 ގެ މައި މަގުގައި ހުންނަ "ޓީ- ހަޓް" ނަމަކަށް ކިޔާ ކެފޭއެއްގަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ކެފޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބިގެން ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަލިފާން ނިއްވުމަށް މިހާތަނަށް ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެތަނުގައި އަލިފާން ރޯވަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގަ އެވެ.