28 ފެބުރުއަރީ 2025 - 20:17

މާދަމާ އަކީ މިއަަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ދެންމެ އިއުލާންކޮށްފި އެވެ.
މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމަށްފަހު އިއްވި ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށެވެ.
އެގޮތަށް ނިންމީ މިއަދުގެ އިރުއޮއްސުމަށްފަހު އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާތީ އާއި މިއަދުގެ އިރުއޮއްސުމަށްފަހު ރާއްޖެއަށް ވެސް ހަނދު ފެންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ދައްކާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ގަރާރުގައި ވަނީ ރޯދަ މަހުގެ ރޯދައިގެ ފަރުޟުތައް އަދާކުރުމަށް ފަރުވާތެރިވުމަށާއި މި މާތް މައްސަރުގައި މާތް ﷲ ގެ ރުއްސެވުމަށް އެދިގެން ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.
މިއަދު ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ވެސް ދައްކާފައިވެ އެވެ.