ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށް ރަސްމީ ފާލަން ނިންމާލައިފި
ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށް ރަސްމީ ފާލަން ނިންމާލައިފި

ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި މާލޭގެ ރަސްމީ ފާލަން ހުރި ޑިޒައިނަށް މި ސަރުކާރުން އެތަން އަލުން ހަދައި، ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށް ރަސްމީ ފާލަން ނިންމާލައިފި
ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށް ރަސްމީ ފާލަން ނިންމާލައިފި

ރަސްމީ ފާލަން މި ފަހަރު ހަދާފައި ވަނީ 1950ގައި ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ފާލަން ހުރި ގޮތް އަސްލަކަށް ބަލައިގެންނެވެ. އަމީން ދީދީގެ ދައުރުގައި ލަކުޑިން ހެދި ފާލަމަށް އޭރު ކިޔައި އުޅުނީ ބޮޑު ފާލަމެވެ.

ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށް ރަސްމީ ފާލަން ނިންމާލައިފި
ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށް ރަސްމީ ފާލަން ނިންމާލައިފި

ފާލަމުގެ ޑިޒައިނަށް އެކި ދުވަސްވަރު ބަދަލުތައް ގެނެސްފައިވެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ވެސް ރަސްމީ ފާލަން އަލުން ހެދި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ފާލަމުގެ ޑިޒައިން ހެދީ ރިޔަލެއްގެ ގޮތަށެވެ.

އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނަމަވެސް އޭގެ ފަހުން މަރާމާތު ނުކޮށް ގިނަ ދުވަސް ވުމުން ފާލަމުގެ ދަގަނޑުތަކުގައި ދަބަރުޖަހައި އެ ތަން ހުރީ ބޮލަށް ވެއްޓޭ ހިސާބުގަ އެވެ. އެހެންވެ މި ސަރުކާރުން އެތަން މަރާމާތު ކުރަން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރު މޭ މަހު އެވެ.

ފާލަމުގެ މަސައްކަތް މިހާރު ނިމިފައި ވާއިރު އެމްޓީސީސީން އަންނަނީ އެތަން ހުޅުވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ފާލަމުގެ ޑިޒައިން އެއްކޮށް ބަދަލުކޮށް، އެތަން ހުޅުވައި އިއްޒުއްދީން ފާލަމުގެ ނަން ދިނެވެ.

ފާލަން މަރާމާތުކުރަން 11.7 މިލިއަން ރުފިޔާ ހަރަދު ވާއިރު އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވި ގޮތުގައި، ބަދަލު ގެނެސް މަރާމާތު ކޮށްފައި ވަނީ ފާލަމުގެ މަތީބައި އެކަންޏެވެ.