26 ފެބުރުއަރީ 2025 - 11:32

ހިޔާ ފްލެޓްގެ އެޕާޓްމަންޓަކަށް ވަދެ، ވަޅިން މީހަކަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11 ޖަހާކަށް ހާއިރު ހިޔާ ފްލެޓަށް ވަދެ، ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސ. މަރަދޫ، ފިޔާތޮށިގޭ މުހައްމަދު ލުބާން ގައްޔާރު އެވެ. އުމުރުން 26 އަހަރުގެ އެ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސާލަގައި އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.