ބޭރު ޕާސްޕޯޓުގައި އެތެރެވެ، ދިވެހި ޕާސްޕޯޓުގައި ފުރޭނެ
ބޭރު ޕާސްޕޯޓުގައި އެތެރެވެ، ދިވެހި ޕާސްޕޯޓުގައި ފުރޭނެ

ދިވެހި ޕާސްޕޯޓާ އެކު ބޭރު ގައުމެއްގެ ޕާސްޕޯޓް އޮންނަ ދިވެހިން ރާއްޖެ އެތެރެވާ ޕާސްޕޯޓް ނޫން އެހެން ޕާސްޕޯޓެއްގައި ވެސް ރާއްޖެ އިން ފުރޭނެ ގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދުގައި، ބޭރު ޕާސްޕޯޓް އޮންނަ ދިވެހިން ބޭރު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމާއި ރާއްޖެ އިން ފުރުމާ މެދު އަމަލުކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ.

އެ ގަވާއިދަށް އިމިގްރޭޝަނުން މިއަދު ގެނައި އިސްލާހު ބުނާ ގޮތުން ބޭރު ޕާސްޕޯޓެއްގައި ދިވެއްސަކު ރާއްޖެ އެތެރެވުމަށް ފަހު އެ މީހަކު ފުރަން ބޭނުންވަނީ ދިވެހި ޕާސްޕޯޓުގައި ކަމަށްވާ ނަމަ ދިވެހި ޕާސްޕޯޓްގައި އެ މީހަކު ރާއްޖެ އިން ފުރުވާލެވޭނެ އެވެ.

އެކަމަކު އެފަދަ ހާލަތްތަކުގައި، އެ މީހާ އަތުގައި އޮތް ބޭރު ޕާސްޕޯޓުގައި، އެ މީހަކު ރާއްޖެ އިން ފުރިކަމަށް ތައްގަނޑު ޖަހައި ނުދެވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.