ސްކޫލުތައް ބަންދުކުރާ ހިސާބަކަށް އަދި ނުދޭ
ސްކޫލުތައް ބަންދުކުރާ ހިސާބަކަށް އަދި ނުދޭ

ޑރ. ނިޔާޝާ: މި އަހަރު އެއްވެސް ކުއްޖަކު ހުން ޖެހިގެން މަރުވެފައެއް ނެތް.

ޑރ. ނިޔާޝާ: ސީރިއަސްއެއް ނޫނެކޭ ނޫން. ސީރިއަސް ވީމަ އަޅުގަނޑުމެން ފްްލޫ ކްްލިނިކާ ތަންތަން ހަދައިގެން މި އުޅެނީ. އެކަމަކު އަޅުގަނޑުމެން މި ދަންނަވަނީ ސްކޫލުތައް ބަންދުކުރާ ވަރަކަށް އަދި ނުދެއޭ.

ޑރ. ނިޔާފް: އޭޑީކޭގެ އައިސީޔޫގައި ކުޑަ ކުއްްޖަކު ހުމަށް ފަރުވާ ކުރަމުން އެބަދޭ.

އެޗްޕީއޭ: އަރިދަފުސް ރޯގާއެއް، ހުމެއް ފެތުރިގެން ވެސް އެބަދޭ. އަތޮޅުތަކުން ސާމްޕަލްތައް ނަގައިގެން މާލެ ގެނެސް ޓެސްޓްތައް ވެސް ކުރެވެމުން އެބަދޭ.

ޑރ. ނިޔާފް: ރައްޔިތުން ބިރުގަންނަވީއެއް ނޫން. ރައްޔިތުން ސަމާލްވާންވީ. އަދި ރައްޔިތުން ބިރުގަންނުވައިގެން ކާމިޔާބެއް ވެސް ނުވާނެ

ޑރ. ނިޔާފް: އަޅުގަނޑުމެން ދެންމެ ވެސް މި އައީ ސްކޫލުތައް ބަންދުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި. އެކަމަކު ސްކޫލުތައް ބަންދުކުރުން އެކަންޏެއް ނޫން ހައްލަކީ. ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ހައްލަކީ އަމިއްލަ އަށް.

ޑރ. ނިޔާފް: ތެދެއް. ބަލި ފެންނަލެއް ގިނަވެއްޖެ. އެކަމަކު އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ މި ބަލި ޖެހިގެން ސީރިއަސް ހާލަތަކަށް ދިޔަ މީހުން މަދޭ.

ޑރ. ނިޔާޝާ އިބްރާހިމް: ސްކޫލުތައް ބަންދުކުރާ ހާލަތަކަށް އަދި ނުދޭ

ޑރ. ނިޔާފް: ރާއްޖޭގައި 2015 ވަނަ އަހަރު އިންފްލުއެންޒާ އަށް ޓެސްޓް ހަދަން މި ފެށުނީ. އޭގެ ކުރިން ވެސް އަޅުގަނޑުމެން އެއަށް ފަރުވާ ކުރަން. ކާމިޔާބު ވެސް ކޮށްފައި ހުންނާނީ.

ޑރ. ނިޔާފް: ހަމަ ކޭސްއެއް ފެންނައިރަށް އެކަމެއް ސީރިއަސްއެއް ނުވޭ. އެކަން ބަލަނީ އެޗްޕީއޭ އަށް އެ ކޭސްތައް ރިޕޯޓްކުރާ މިންވަރު ގިނަވެ، އެކަން ބަލައިގެން އޭގެ ސީރިއަސްކަން މި ކަނޑައަޅަނީ. ވީހާ ވެސް އަވަހަކަށް އެޗްޕީއޭ އަށް އެ މައުލޫމާތު ފޯރުކޮށްދިނުން މީގައި މުހިންމީ.

ޑރ. ޝީޒާ އަލީ/ ހެލްތު މިނިސްޓްރީ: މި ބައްޔާ ބެހޭ ގޮތުން ރަށްރަށާ ވެސް މައުލޫމާތު ހިއްސާ ކުރަމުން އެބަ ގެންދަން. އާދަޔާޚިލާފަށް ނުރައްކާތެރި ބައްޔެއް ނޫން. އެކަމަކު އެޗްއެންއެންވަން އާދަޔާޚިލާފަށް ފެންނަމުން މިދަނީ.

އެޗްޕީއޭ: ރޭގައި ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނަ ވާހަކަތައް ފެތުރި. އަޅުގަނޑުމެން މައުލޫމާތުތައް ހާމަކުރަނީ ޕަބްލިކް ހެލްތު އެންގަލްތަކުން ބަލައިގެން

އެޗްޕީއޭގެ އޮފިޝަލް: ރޯގާ ފެތުރޭކަން އަންގައިދޭ ނޫސް ބަޔާނެއް ވާނީ ނެރެފައި. އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް އެކަންކަން ކުރަމުން އެބަ ދަން.

ޑރ. އަބްދުﷲ ނިޔާފު: އިންފްލުއެންޒާގެ ހާލަތު ރާއްޖޭގައި އޮތީ ކަންބޮޑުވާ ހިސާބެއްގައެއް ނޫން. އަޅުގަނޑު އާންމުންނަށް ދަންނަވާލަން ބޭނުންވަނީ އެލާމިން ކަމަށް ބުނެ މައުލުމާތު ނުފަތުރާށޭ.

ސްވައިން ފުލޫ ޖެހިގެން މި އަހަރުގެ މިހާތަނަށް 27 ކޭސް ޕޮޒިޓިވް ވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ސްވައިން ފްލޫއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސެއިން ވިދާޅުވީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް ސްވައިން ފްލޫ އަށް 16 މީހަކު ޕޮއިޓިވް ވެފައިވާ ކަމަށެވެ. އެއީ 475 މީހުން ޓެސްޓް ކުރުމުން ފެނިފައިވާ އަދަދު ކަމަށާއި މި އަހަރު އެ ބައްޔަށް ޓެސްޓް ކޮށްފައިވަނީ 208 މީހުން ކަމަށެވެ.