24 ފެބުރުއަރީ 2025 - 15:01

ދ. ބަނޑިދޫގައި އައިސް ޕްލާންޓެއް އެޅުމަށް މިއަދު ބިންގާ އަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު އެ ރަށަށް ވަޑައިގެން އައިސް ޕްލާންޓު އެޅުމަށް ބިންގާ އަޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
އެ ރަށުގައި ގާއިމުކުރަނީ 30 ޓަނުގެ އައިސް ޕްލާންޓެކެވެ.
ގިނަ އަދަދެއްގެ ޒުވާނުން ވެސް މަސްވެރިކަމުގައި އުޅޭ ބަނޑިދޫގައި ކަންނެއްޔަށް ދާ 21 އުޅަނދު އޮވެ އެވެ. އެކަމަކު ކައިރި ހިސާބަކުން އައިސް ލިބޭނެ ގޮތެއް ނޯވެ އެވެ. ދުރު ހިސާބުތަކަށް ދުއްވައިގެން އައިސް ހޯދުމަށް ބޮޑު ދަތުރެއް ކުރަން ޖެހުމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.