ނައިފަރުގެ ގޭގެއަށް 900 އެއްހާ ލުނބޯ ގަސް ހަދިޔާކޮށްފި
ނައިފަރުގެ ގޭގެއަށް 900 އެއްހާ ލުނބޯ ގަސް ހަދިޔާކޮށްފި

ދަނޑުވެރިކަން ކުރާ ހޯޓީފާމްގެ ފަރާތުން ޅ. ނައިފަރުގެ ގޭގެ އަށް ލުނބޯ ގަސް ހަދިޔާކޮށްފި އެވެ.

ނައިފަރުގެ ގޭގެއަށް 900 އެއްހާ ލުނބޯ ގަސް ހަދިޔާކޮށްފި
ނައިފަރުގެ ގޭގެއަށް 900 އެއްހާ ލުނބޯ ގަސް ހަދިޔާކޮށްފި

ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ހޯޓީފާމް އިންވެސްޓްމަންޓްގެ ސީއެސްއާރުގެ ދަށުން ނައިފަރުގެ ގޭގެއަށް 906 ލުނބޯ ގަސް ހަދިޔާކުރި ކަމަށެވެ.

އެ ގަސްތައް މިހާރު ބަހައި ނިންމާފައިވާއިރު، އޭނާ ވިދާޅުވީ ގަސް ދޫކުރީ އެންމެ ފުރަތަމަ ބަލާ ދިޔަ ގެތަކަށް ކަމަށެވެ.

"މި ރަށުގެ މީހެއް ވެސް ދަންނަ ބައެއް އެއީ. އެހެންވެ އެ މީހާއާ ވާހަކަ ދައްކައިގެން ރަށުގެ ގެތަކަށް ބަހަން ފުރުސަތު ލިބުނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނައިފަރުގެ ގިނަ ބަޔަކު ގަސްތައް ބޭނުންވި ކަމަށާއި އެހެންވެ، ފަހުން ގަސް ދޭނެ ކަމަށް ވެސް އެ ފާމުން ބުނެފައިވާ ކަމަށެވެ.

ހޯޓީފާމަކީ ނ. އަތޮޅުގެ ރަށެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ބައެކެވެ. އެ ރަށުގައި ތަރުކާރީ އާއި މޭވާގެ އެކި ބާވަތްތައް މި ފާމުގައި އަންނަނީ އުފައްދަމުންނެވެ.