23 ފެބުރުއަރީ 2025 - 10:48

މާލޭގައި ކާރެއް ކޮންޓްރޯލް ނުވެގެން ހިނގި އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުންވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހެނދުނު 7:50 ހާއިރު އަމީނީމަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ގޮސް އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގަިއ އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ހަ ސައިކަލާއި ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.