މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ
މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ރޭ ވިދާޅުވެއްޖެ އެވެ.

މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ
މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ

މާލެ ސަރަހައްދުގައި ރޭ 8:00 ގައި މަސްދަޅު ކޭސް ބަހަން ފެށުމާ އެކު، އެ ތަންތަނުގައި ދިގު ކިއުއެއް ދަމާލި އެވެ. އޭގެ ތެރެއިން ބައެއް މީހުން ދަންވަރު 3 ޖެހިއިރު ވެސް ކިއުގައި ތިއްބެވެ.

މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ
މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ

އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުރި ގޮތުން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ
މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ

އެކަމާ ގުޅިގެން، މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި އާއްމުންގެ ތަރުހީބު ދިން މިންވަރަށް ބެލުމަށް ފަހު އެ ހަދިޔާ ބަހާނެ އިތުރު ތަނެއް މާދަމާގެ ކުރިން ހަމަޖައްސައި އިއުލާންކުރާނެ ކަމަށެވެ.

މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ
މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ

އޭނާ ވަނީ ރޯދަ ހަދިޔާ ބެހުމުގައި އުޅޭ އެންމެންނަށް އަދި އާއްމުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ
މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަނީ ޖުމްލަ ފަސް ތަނަކުންނެވެ. އެއީ މާލޭގެ ދެ ތަނަކާއި ހުޅުމާލޭގައި ދެ ތަނެއް އަދި ވިލިމާލޭގަ އެވެ.

މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ
މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ

ހުކުރު ދުވަހަށް ވާތީ މިއަދު މަސްދަޅު ކޭހެއް ނުބަހަ އެވެ.

އެހެން ނޫނީ؛

ހޮނިހިރު: ހެނދުނު 10:00 އިން ހަވީރު 16:00 އަށް

ރޭގަނޑު: 20:30 އިން 23:00 އަށް

އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް: މެންދުރު ފަހު 14:30 އިން 18:00 އަށް

ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ދޫކުރާނެ

ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ އެވެ.

ރަށްރަށުގައި މަސްދަޅު ކޭސް ބަހަނީ އެ ރަށްރަށުގެ ކައުންސިލްތަކުންނެވެ.