18 ފެބުރުއަރީ 2025 - 10:58

ކުރިއަށް އޮތް ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރު ފަހު 1 އަށް ކަމަށް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ރަސްމީ ގަޑިއަކީ ކުރިއެކޭ ވެސް އެއްގޮތަށް ހެނދުނު 9 އިން މެންދުރު 1 އާ ހަމައަށް ކަމަށެވެ.
ސިވިލް ސާވަންޓުން ރޯދަމަހު ހަތަރު ގަޑިއިރު ރޯދަމަހު މަސައްކަތްކުރާއިރު، ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާނެ އެވެ.
މީގެ ކުރިން ރޯދަމަހު ރަސްމީ ގަޑީގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 10 އިން މެންދުރު ފަހު 2 އަށެވެ. އެކަމަކު، މަސައްކަތް ފަށާ ވަގުތު އެއް ގަޑިއިރު އަވަސްކުރަން ނިންމީ މާޗު 6، 2022 ގަ އެވެ.
މި އަހަރުގެ ރޯދަމަސް ފެށޭނީ ކަލަންޑަރުގައި ވާ ގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.