16 ފެބުރުއަރީ 2025 - 23:09

އަންހެން ހެދުން އަޅައިގެން ދެ ފިރިހެނަކު މާވެޔޮމަގުގައި ވައްކަންކުރަން އުޅުނިކޮށް ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާވެޔޮމަގު ކަންމަތީގައި ދެ ފިރިހެނަކު، ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ދަންވަރު 2:40 ހާއިރު ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ލިލީގެ، އަހުމަދު ސަބާހު، 46، އަދި ނ. މިލަދޫ، ސޯސަންގެ، އަހުމަދު ނައުޝާދު، 42، އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހު ބަންދުގައި ބައިތިއްބަން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރިއިރު ވެސް ތިބީ އަންހެން ހެދުމުގައި ކަމަށެވެ.
މި މީހުން ވައްކަންކުރަން އުޅުނީ ކޮން ތަނަކުން ކަމެއް އަދި މިކަމާ ބެހޭ ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.