ގިނަ ދުވަސްވަންދެން މަގުތަކުގައި ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ ވެހިކަލް ޓޯކޮށްފި
ގިނަ ދުވަސްވަންދެން މަގުތަކުގައި ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ ވެހިކަލް ޓޯކޮށްފި

މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި 200 އަށް ވުރެ ގިނަ ވެހިކަލް އިއްޔެ ޓޯކޮށްފި އެވެ.

ގިނަ ދުވަސްވަންދެން މަގުތަކުގައި ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ ވެހިކަލް ޓޯކޮށްފި
ގިނަ ދުވަސްވަންދެން މަގުތަކުގައި ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ ވެހިކަލް ޓޯކޮށްފި

ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް އިއްޔެ ކޮށްފައިވާ ކަމަށާއި އެ މަސައްކަތުގެ ދަށުން 235 ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ޓޯކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 201 ސައިކަލާއި ހަތަރު ފުރޮޅުލީ 31 އުޅަނދާއި ތިން ބައިސިކަލެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކަށް އުކާލާފައިވާ ބާވެ، ގިނަ ދުވަހު ނުދުއްވާ ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވެ އެވެ.

މިދިޔަ އަހަރު ވެސް ރޯދަމަހާ ދިމާކޮށް ފުލުހުން ވަނީ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ނައްތާލައިފަ އެވެ. އެ ފަހަރު ވެސް 280 އަށް ވުރެ ގިނަ ވެހިކަލް ނައްތާލި އެވެ.