މިހާ އަވަހަށް ވަރުން ދަވަން ބޭނުމީ ޑައިރެކްޓަރަކަށް ވާން
މިހާ އަވަހަށް ވަރުން ދަވަން ބޭނުމީ ޑައިރެކްޓަރަކަށް ވާން

ވަރުން ދަވަން އަކީ އަލަށް ވިދަމުން އަންނަ ޒުވާން، ކާމިޔާބު ބަތަލެކެވެ. ފިލްމު ކުޅެން ފެށިތާ މާ ގިނަ އަހަރު ތަކެއް ނުވި ނަމަވެސް ވަރުންގެ ފޭނުން ވަރަށް ގިނަ އެވެ. ޚާއްސަކޮށް އަންހެންކުދިންނަށް ވަރުން ވަރަށް ކަމުދެ އެވެ. ވަރުން ހުނަރުވެރި އެވެ. ޚާއްސަކޮށް، ކޮމިކް ބައިތަކަށެވެ.

ނަމަވެސް މުމްބައި މީރާއިން ބުނި ގޮތުގައި ކެރިއަރުގެ މިހާ ކުރީކޮޅު ވެސް ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށަން ވަރުން ބޭނުމެވެ. އެގޮތުން ވަރުން މިހާރު ދެ ސްކްރީންޕްލޭ އެއް ވެސް ލިޔެފި އެވެ.

ވަރުންގެ ބައްޕަ ޑޭވިޑް ދަވަން އާއި ބޭބެ ރޯހިތު އަކީ ވެސް ފިލްމު ޑައިރެކްޓަރުންނެވެ. އެހެންވެ ވަރުން ވަނީ އޭނާ ލިޔުނު ސްކްރިޕްޓްތައް އެމީހުންނާ ހިއްސާކޮށް ފިލްމު ޑައިރެކްޓްކުރަން އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަން ހާމަކޮށްފަ އެވެ. ނަމަވެސް ވަރުން ޑައިރެކްޓަރަކަށް ވުމަށް އޭނާގެ ބައްޕަ އާއި ބޭބެ ގަބޫލެއް ނޫނެވެ.

މިކަމާ ގުޅޭ ގޮތުން ވަރުން ބުނީ ގޭގައި މިހާރު ވެސް ދެ ޑައިރެކްޓަރުން އެބަ ތިބި ކަމަށެވެ. އެމީހުން ދޭ ތެދުވެރި ޚިޔާލު އޭނާ ވަރަށް ސީރިއަސްކޮށް އަޑުއަހާނެ ކަމަށް ވެސް ބުންޏެވެ.

"ބައަހަރެން ލިޔުނު ދެ ސްކްރިޕްޓް އްޕަ އާއި ބޭބެ އަށް ކަމުނުދިޔައީ ފަހަރެއްގައި އޭގެ ފެންވަރު އެހާ ރަނގަޅު ނޫންވީމަ ކަމަށް ވެދާނެ. އެކަމަކު ހީވަނީ އެ ދެ ސްކްރީންޕްލޭގައިވާ ވާހަކަތަކަކީ ބައްޕަ އާއި ބޭބެ އުފައްދާ ޒާތުގެ ފިލްމުތަކުގެ ވާހަކައަށް ނުވާތީ ކަމުނުދިޔައީ ހެން،" ވަރުން ބުނެފައިވެ އެވެ.

ވަރުން ބުނި ގޮތުގައި އޭނާ އަބަދުވެސް ފިލްމުތައް ފޯނުން ޝޫޓްކޮށް ހަދަ އެވެ. ނަމަވެސް މިހާރު އޭނާ ބޭނުންވަނީ ބޮޑު ސްކްރީން ފިލްމެއް އުފައްދާށެވެ.

ވަރުންގެ އެންމެ ފަހު ފިލްމު "ބަދްރީނާތު ކީ ދުލްހަނިޔާ" ހުކުރު ދުވަހު ރިލީޒްވެ ވަރަށް ރަނގަޅު ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ.