13 މާޗް 2017 - 06:21

މި ސުވާލުގެ ޖަވާބުގައި އެކި މީހުން ބުނާނީ އެކި އެޕްލިކޭޝަންގެ ނަމެވެ. ފޯނު ކިތަންމެ މޮޅުވެފައި އަގު ބޮޑު ނަމަވެސް، ފަރިތަ އެޕްލިކޭޝަންތަކެއް ނެތް ނަމަ، ކުރި ޚަރަދު ވެސް ނުލިބުނީ އެވެ.
އަހަރެންގެ ހާލަތު ހުރީ މިކަހަލަ ގޮތަކަށެވެ؛ އަބަދު ވެސް ބޭނުންކުރަނީ އެންޑްރޮއިޑް ފޯނެވެ. "ނޯވާ ލޯންޗާ" ނޭޅޭހާ ހިނދު ފޯނުގައި އަތްލާހިތް ވެސް ނުވެ އެވެ. ފޯނަށް އެންމެ ފުރަތަމަ އަޅަން އެދެވޭ އެޕްލިކޭޝަނަކީ މިއީ އެވެ.
ނޯވާ ލޯންޗާ އެންޑްރޮއިޑް މާކެޓުން ލިބެ އެވެ. ބޭނުންކުރަނީ "ހޯމް ސްކްރީން" ބަދަލުކޮށްލާށެވެ. ފޯނު އުފައްދާ ކުންފުނިތަކުން ޖައްސާފައި ހުންނަ ކުލަވަރު ދުއްވާލައި، އަމިއްލަ ސިފަތައް ފޯނުގައި ޖެއްސުމެވެ. މި އެޕްލިކޭޝަނުން ލޮކް ސްކްރީނަށް ވެސް ބަދަލު ގެނެވެ އެވެ.
ބޭނުންކުރަން ފަސޭހަ ފޯން "ޑައިލާ"އެއް ވެސް ވަރަށް މުހިންމެވެ. ދެ ސިމް ފޯނެއް ބޭނުންކުރާ ނަމަ، ސެމްސަންގް "ޓަޗްވިޒް" ލޯންޗާއާ އެކު އިންނަ "ފޯން ޑައިލާ" ވަރުގެ އެޕްލިކޭޝަނެއް އަދި ބޭނުމެއް ނުކުރަމެވެ. ސެމްސަންގް ގިނަ ފޯނުތަކުގައި މި ޑައިލާ އިނދެ އެވެ.
ފޯނުގައި އެންމެ ސިމް ކާޑެއް ބޭނުންކުރާ ނަމަ "އެކްސް ޑައިލާ" އެވެ. ލޭއައުޓް ރީއްޗެވެ. ފޯނުގައި ތަހުޒީބީ ސިފަ ޖައްސުވަ އެވެ. އިރު އެރުމުން އެހެން ތީމެއް، އޮއްސުމުން އެހެން ތީމަކަށް އޮޓަމެޓިކުން ބަދަލުވެ އެވެ. އެއީ ކޫސަނި މައްސަލަތައް މަދު، އިންތިހާ އަށް ލުއި އެޕްލިކޭޝަނެކެވެ.
"ޓެކްސްޓް މެސެޖިން" އަށް އެންމެ ކަމުދާ އެޕްލިކޭޝަނެއް ތަޖުރިބާކުރެވިފައި ވަނީ ވާވޭ ފޯނުތަކުންނެވެ. ފޯނު މާކެޓަށް ނެރޭއިރު އިންނަ "ސްޓޮކް" ޓެކްސްޓް އެޕްލިކޭޝަން އޮބިނޯންނަހާ ފަސޭހަ އެވެ. ވާވޭ ނޫން ފޯނަކަށް އެ އެޕްލިކޭޝަން އަޅަން އުނދަގޫ މަސައްކަތްކެއް ކުރަންޖެހެ އެވެ.
މިހާ ހިސާބުން އާދައިގެ ބޭނުންތަކަށް ފޯނު ފައްކާކުރެވުނީ އެވެ.
ފޯނުން ކުރަން ޖެހޭ ބޭނުންތައް ދާއިރާތަކަކަށް ބަހާލައި، ކޮންމެ ދާއިރާއަކުން އެޕްލިކޭޝަނެއް ހޯދަން ޖެހެ އެވެ. އޭގެ ތެރޭގައި ކެމެރާ އެޕްލިކޭޝަން ވެސް ހިމެނެ އެވެ. ގޫގުލް ޑޮކްސް، ޝީޓްސް އަދި "ޕީޑީއެފް ރީޑާ"އެއް ކޮންމެހެން ވެސް ފޯނަށް އަޅަންޖެހެ އެވެ.
ފޭސްބުކް، ވައިބާ އަދި އިންސްޓްގްރާމް ކަހަލަ އެޕްލިކޭޝަންތައް ވެސް ބަލާލަން ރީއްޗެވެ. އެކަމަކު ޓެލެގްރާމް އަދި ޓްވިޓާ މަޖުބޫރެވެ.
މި ސުވާލުގެ ޖަވާބުގައި ކޮންމެ މީހަކަށް ވެސް އަމިއްލަ ލިސްޓެއް ހެދިދާނެ އެވެ. މި ކަމުގައި ވެސް ވިސްނާލުން ރަނގަޅު އެހެން ސުވާލެއް އެބަ އޮތެވެ. ފޯނަށް ތިޔަ އަޅަނީ ހަމަ ކޮންމެހެން އަޅަން ބޭނުންވާ އެޕްލިކޭޝަން ހެއްޔެވެ؟