13 ފެބުރުއަރީ 2025 - 22:25

ފީފާއިން އެފްއޭއެމުން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުކަމުން ފައިނޭންސް އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރު އަހްމަދު އަލީ އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ އޯގަސްޓް މަހު އެފްއޭއެމްގެ ހިންގުމާ ހަވާލުވި ކޮމިޓީން އަހްމަދި އަލީ އިސްތިއުފާ ދެއްވީ މިއަދު އެވެ.
އިސްތިއުފާގެ ޚަބަރު ކަށަވަރު ކުރަން "މިހާރު" އިން ގުޅުމުން އަހްމަދު އަލީ ވިދާޅުވީ އިސްތިއުފާ ދޭން ނިންމީ އަމިއްލަ ސަބަބުތަކެއް ހުރުމުން އެފްއޭއެމްގެ މަސައްކަތަށް ވަގުތު ދެވެން ނެތުމުން ކަމަށެވެ.
"އަމިއްލަ ކަންކަން ހުރި ގޮތުން އެ މަސައްކަތަށް ވަގުތު ދެވެން ނެތީ. އެކަން ފީފާ އަށް ވެސް ވާނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.
"އިމީޑިއޭޓް އެފެކްޓްގައި [ވަގުތުން ވަގުތަށް] ކޮންޓްރެކްޓް ޓާމިނޭޓްކޮށް ދިނުމަށް އަޅުގަނޑު [ފީފާގެ ކިބައިން] އެދިފައި ވާނީ."