09 ފެބުރުއަރީ 2025 - 16:28

ކުރިއަށް އޮތް ރޯދަމަހު ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ، ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. އަދި ހަ ރޯދައިގެ ދުވަސްވަރު އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.
މިނިސްޓްރީން ބުނިގޮތުގައި، މުދާ ވިއްކާ ތަންތަން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. ރޯދަމަހާއި ހަ ރޯދަ ނިމެންދެން ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ އެއީ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ހިމެނޭ ގޮތަށް، ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ގަޑިތަކުގައި ކަމަށެވެ.
އެހެންވެ، އެގޮތަށް އަމަލުކުރުމަށް މިނިސްޓްރީން އަންގަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 1 އެވެ.