ރިޔާސީ ބަޔާނަށް ހުރަސްއެޅި އެމްޑީޕީގެ މެމްބަރުން ނެރެފި
ރިޔާސީ ބަޔާނަށް ހުރަސްއެޅި އެމްޑީޕީގެ މެމްބަރުން ނެރެފި

ނަން އިއްވި މެމްބަރުން މަޖިލިހުން ނެރުމާ އެކު، ރިޔާސީ ބަޔާން އިއްވުން ރައީސް މުއިއްޒު އަލުން ފައްޓަވައިފި.

މަޖިލިހުގެ އިދާރާ ކައިރިން ސޯސަން މަގުގައި ވެސް އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ މުޒާހަރާ ކުރަމުން.

މަޖިލިހުގެ ސެކިއުރިޓީން މެދުވެރިކޮށް، މިހާރު ގެންދަނީ ނަން އިއްވި މެމްބަރުން މަޖިލިހުން ނެރެމުން. މަޖިލިހުގެ ރައީސް އަބްދުއްރަހީމް އިއުލާން ކުރައްވާފައި ވަނީ ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ އަލުން ފައްޓަވާނީ ނަން އިއްވި މެމްބަރުން ނުކުމެވަޑައިގަތުމުން ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނަށް ހުރަސް އެޅުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ނަން އިއްވައިފި އެވެ.

މިއަދުގެ ޖަލްސާ ފަށައިގެން ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ހުންނެވި ޕޯޑިއަމް ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފައްޓަވައިފަ އެވެ.

އެއާއެކު، ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު އެމްޑީޕީގެ އަށް މެންބަރުންގެ ނަން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއްވެވި އެވެ.

ނަން އިއްވި ނަމަވެސް މެންބަރުން ވަނީ ތަޅުމުން ނުކުތުުމަށް ދެކޮޅު ހައްދަވައިފަ އެވެ. މެންބަރުންގެ ނަން އިއްވުމަށް ފަހު، ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ، ޖަލްސާ ދެން ކުރިއަށް ގެންދަވާނީ ނަން އިއްވި މެންބަރުން ތަޅުމުން ނުކުތުމުން ކަމަށެވެ.