ހުޅުމާލެގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
ހުޅުމާލެގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

ހުޅުމާލެ 2 ގައި އެޗްޑީސީން ހެދި އިސްރަށްވެހިންގެ ނާދީ މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ހުޅުމާލެގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
ހުޅުމާލެގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި އެ ކުންފުނިން ހެދި އިސްރަށްވެހިންގެ ނާދީ ހުންނަނީ ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގަ އެވެ.

ހުޅުމާލެގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
ހުޅުމާލެގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ބިނާކުރި ނާދީ ހުޅުއްވައި ދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒު މަންސޫރެވެ.

އެޗްޑީސީން ބުނީ، ނާދީގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ މަރުކަޒެއް ހޯދައި ދިނުން ކަމަށެވެ.

އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާ އެކު، ގާއިމްކުރި ނާދީގައި އިސްރަށްވެހިންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭނުންވާނެ ވަސީލަތްތައް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން ނާދީ ފަރުމާ ކޮށްފައިވަނީ އެންމެންނަށް ބޭނުންކުރެވޭނެ ސަރަހައްދަކާއި ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ޖާގަ ހިމެނޭ ގޮތަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ފަސޭހައިން އެކްސެސްވެވޭ ގޮތަށް ފަރުމާކޮށްފައިވާ ނާދީ ހުޅުވާފައި އެޗްޑީސީން ބުނިގޮތުގައި، ހުކުރާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ.