03 ފެބުރުއަރީ 2025 - 13:04

ފިހާރަކުން ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި ހޯދަމުން ދަނީ މިދިޔަ މަހު ވިލިމާލޭގައި ހުންނަ ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ޓްރާންސްފާ ކުރިކަމުގެ ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލާގައި ތުހުމަތު ކުރެވޭ މީހެކެވެ.
އެ މީހަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާ ފިހާރަ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނަށް އަންގަން ފުލުހުން ވަނީ އެދިފަ އެވެ.