އިނގިރޭސި މާއްދާއިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް
އިނގިރޭސި މާއްދާއިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް

މިދިޔަ އަހަރުގެ މެއި/ޖޫން ގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާގައި ދިވެހި ދަރިވަރުންނަށް ދުނިޔޭގެ ގިނަ ވަނަތަކެއް ލިބިއްޖެ އެވެ.

އިނގިރޭސި މާއްދާއިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް
އިނގިރޭސި މާއްދާއިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް

އޯލެވެލްގެ ނަތީޖާ މިދިޔަ މަހުގެ 16 ވަނަ ދުވަހު ދޫކޮށްފައިވާއިރު، މާލޭގެ އިތުރުން އެހެން ރަށްރަށުގެ ކުދިން ވެސް ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައި ވެ އެވެ.

އިނގިރޭސި މާއްދާއިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް
އިނގިރޭސި މާއްދާއިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް

އެ ދުވަހު ސްކޫލުތަކުން ވަނީ ވަނަތައް ލިބުނު ކުދިންގެ ނަތީޖާ އާންމުކޮށްފަ އެވެ. އަދި ސްކޫލުތަކުން މިއަދު އަންނަނީ ދުނިޔޭގެ ވަނަތައް ލިބުނު ކުދިންގެ ނަންތައް އާންމު ކުރަމުންނެވެ.

މިއީ މިހާތަނަށް ސްކޫލުތަކުން އާންމު ކޮށްފައި ހުރި ދަރިވަރުންގެ ނަންތަކެވެ.

- ޒީޝާން މުހައްމަދު ރިޒާ- ބ. އަތޮޅު މަދަރުސާ (ދަރަވަންދޫ)

- މަލާކް މުހައްމަދު ރަޝީދު- ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)

- ފާތިމަތު ނޫރައިން ފައިސަލް އާއި އަޝްވިން މުހައްމަދު ޝަހީމް- ސ. ހިތަދޫ ސްކޫލް

- މުހައްމަދު ނައުފާން އަލީ ނިފާޒް- ޖަލާލުއްދީން ސްކޫލް (ކުޅުދުއްފުށި)

- ފާތިމަތު ނީމް ނިޔާޒް- ހުރާ ސްކޫލް

- އަހްމަދު ޒައިން އަލީ- ކުރިނބީ ސްކޫލް

- ފާތިމަތު ޝައިހާ އަލީ- ހއ. އަތޮޅު ތައުލީމީ މަރުކަޒު (ހޯރަފުށި)

އޭގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ އިބްރާހިމް އަރްސަމް މުހައްމަދު ވަނީ މެރިން ސައިންސުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފަ އެވެ. އަދި އެ ސްކޫލުގެ ނަހްމަދުﷲ ހުސައިން ވަނީ ކެމިސްޓްރީ، ކޮމްޕިއުޓާ ސައިންސް އަދި ފިޒިކްސް އިން ރާއްޖެ އިން އެއް ވަނަ ހޯދައިފަ އެވެ.