01 ފެބުރުއަރީ 2025 - 11:51

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ.
"މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާ އެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ފޮނުވި މެސެޖެއްގައިވެ އެވެ.
"މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ވަނީ އަލުން ފޯރުކޮށްދެވިފައި. ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން."
ކަރަންޓު ކެނޑުމުގެ ސަަބަބުން ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.