ދިރާގުން ދޭ ލޯންޗް ލިބޭ ނަސީބުވެރިޔާ ހޮވައިފި
ދިރާގުން ދޭ ލޯންޗް ލިބޭ ނަސީބުވެރިޔާ ހޮވައިފި

ދިރާގުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޕްރޮމޯޝަން ކަމަށްވާ "ވިން އަ ސްޕީޑްބޯޓު" ޕްރޮމޯޝަންގައި ލޯންޗް ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

ދިރާގުން ދޭ ލޯންޗް ލިބޭ ނަސީބުވެރިޔާ ހޮވައިފި
ދިރާގުން ދޭ ލޯންޗް ލިބޭ ނަސީބުވެރިޔާ ހޮވައިފި

ލޯންޗުގެ ނަސީބުވެރިޔަކަށް ހޮވުނީ ގއ. ވިލިނގިލި، ހުސައިން ފަޔާޒު އެވެ. ލޯންޗު ލިބުނު ނަސީބުވެރިޔާ އިއުލާން ކުރީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެކަމަށް ބޭއްވި ހާއްސަ ހަރަކާތުގަ އެވެ.

"ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަކީ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައި އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހުން ޑިސެމްބަރު މަހަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ދިރާގުން ދޭން ނިންމީ އަލްޝާލީ މެރިންގެ "މަޖެލަން 32" ލޯންޗެވެ. އެ ލޯންޗަކީ 12 މީހުންގެ ޖާގައިގެ 32 ފޫޓުގެ ލޯންޗެކެވެ. މި ލޯންޗުގައި ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އިންޖީނު ހުންނާނެ އެވެ. މިއީ އަރާމު ޑެކަކާއި ހިތްފަސޭހަ ކެބިންއަކާއި ބަދިގެއެއް ވެސް ހިމެނޭ ލޯންޗެކެވެ.

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ހޫނު ތަރުހީބެއް ލިބުނެވެ. ދިރާގުން ވަނީ 2023 ވަނަ އަހަރު ވެސް މިފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮމޯޝަނުގައި ދިނީ ޓެސްލާ ކާރެކެވެ.