އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅަން ރައީސް ނިންމަވައިފި
އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅަން ރައީސް ނިންމަވައިފި

ހއ. އިހަވަންދޫގައި 200 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅަން ރައީސް ނިންމަވައިފި
އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅަން ރައީސް ނިންމަވައިފި

އެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕޭނު ދަތުރުތަކުގައި ބޯހިޔާވެހިކަމަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅަން ރައީސް ނިންމަވައިފި
އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅަން ރައީސް ނިންމަވައިފި

އެހެން ކަމުން އެ ރަށުގައި އެކަމަށް ވަރަށް ބޮޑަށް ބޭނުން ވެފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މީގެކުރިން އެ ރަށުގައި 100 ހައުސިން ޔުނިޓް އަޅާނެ ކަމަށް ވިދާޅުވެފައިވިޔަސް މިހާރު ނިންމާފައި ވަނީ 200 ހައުސިން ޔުނިޓް އަޅަން ކަމަށެވެ.

އުތުރުގެ ތަރައްގީގެ ޕްލޭނަށް ވެސް އިހަވަންދޫގެ ބޯހިޔާވަހިކަން ވަރަށް މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އުތުރުގެ މި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ކޮންސެޕްޓުގައި މި ރަށް ހިމެނި، މި ސަރަހައްދު ހިމެނިގެންވާ ތަރައްގީގައި ވެސް މުހިންމު. އެހެންވީމަ އަޅުގަނޑުމެން މިހާރު މި އިއުލާނުކުރި 100 ހައުސިން ޔުނިޓް ކަމަށް އޭގައި އޮންނާނީ. އެހެން ނަމެވެސް އަޅުގަނޑު އޮންނާނީ ނިންމާފައި 200 ހައުސިން ޔުނިޓް އަޅުގަނޑުމެން އެވޯޑް ކުރާއިރު ނުވަތަ ބިޑިން ޕްރޮސެސްގައި، ހަވާލު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރަށްރަށުގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

އެއަށް އިޝާރާތް ކުރައްވާ ރައިސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.

"ދުވަހަކު ރާއްޖޭގެ ތާރީހުގައި ބަޖެޓެއްގައި ހައުސިންއަށް އެކަނި ނެތް މިހާ ބޮޑު އަދަދެއް ހިމަނާފައެއް. މިފަދަ އާބާދީ ބޮޑު އަދި އިގްތިސާދީ މަސައްކަތްކުރާ ރަށްރަށާއި ކުދި ރަށްރަށުގައިވެސް އެންމެ މުހިންމީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން،" ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން މިއަހަރަށް ފާސްކުރީ ގެދޮރުވެރިކަމުގެ ބަޖެޓެއް، ބޯހިޔާވަހިކަމުގެ ބަޖެޓެއް. އެ އިއުލާނުގައި [12،000 ހައުސިން ޔުނިޓްގައި] މާލޭގެ ބޯހިޔާވަހިކަން ހިމަނާފައެއް ނުވާނެ، އެއީ ވަކި މަޝްރޫއުތަކެއް، ވަކިން އިއުލާންކުރާނަން."

ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކުރި އިއުލާނުގައި ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އުތުރާއި ދެކުނު އަދި މެދު ރާއްޖޭގެ 57 ރަށެއްގައި ހައުސިން ޔުނިޓު އަޅަން ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލައިފަ އެވެ.

ހަތަރު ކެޓަގަރީއެއްގެ ހައުސިން ޔުނިޓްތައް އަޅަން ނިންމާފައިވާ އިރު، ރަށްތައް ވެސް މިނިސްޓްރީން އިއުލާންކޮށްފައިވެ އެވެ.

މާލޭ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި ރަށްރަށުގައި 12،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 27،000 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ކުރިއަށް ދާނެކަން ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.