13 އަހަރުގެ ކުއްޖާ ފިހުނު މައްސަލަ ފުލުހުން ބަލަން ފަށައިފި
13 އަހަރުގެ ކުއްޖާ ފިހުނު މައްސަލަ ފުލުހުން ބަލަން ފަށައިފި

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 13 އަހަރުގެ ކުއްޖަކު ފިހުނު މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޑަ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ދޭ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު މައުލޫމާތު ލިބުމުން އެ ދުވަހުން ފެށިގެން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ކުއްޖާ ފިހުނު ގޮތް، އެ މައްސަލައިގެ ތަހުގީގުގެ ތެރޭގައި ބަލާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފިހުނީ، ގޭސް އުނދުން ޖެއްސުމަށް ފަހު ލައިޓަރުން އުނދުން ރޯކުރި ވަގުތެވެ. އޭރު ވަރަށް ބޮޑަށް ގޭސް ލީކުވެފައި ހުރުމުން ބާރު ގޮވުމަކާ އެކު ހުޅު ހިފީ އެވެ.

މި ހާދިސާގައި ކުއްޖާގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފަ އެވެ. އެހެންވެ، ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާ އެމްއެންޑީއެފަށް ވެސް އޭރު ރިޕޯޓެއް ނުކުރެ އެވެ.