ތަކަންދޫގައި ފުލުހުންގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
ތަކަންދޫގައި ފުލުހުންގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ހއ. ތަކަންދޫގައި އަލަށް އިމާރާތްކުރި ޕޮލިސް ޕޯސްޓް ހުޅުވައިފި އެވެ.

ތަކަންދޫގައި ފުލުހުންގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
ތަކަންދޫގައި ފުލުހުންގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ ހއ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ތަކަންދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ތަކަންދޫގައި ފުލުހުންގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
ތަކަންދޫގައި ފުލުހުންގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ރައީސް ވަނީ އެ ރަށު ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވުމަށް ފަހު، ގައުމީ ދިދަ ނަންގަވައިދެއްވައި އެ އިމާރާތް ބައްލަވާލައްވައިފަ އެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ރަށު ކައުންސިލްގެ އާ އިމާރާތުގެ ބިންގާ ވެސް ވަނީ އަޅުއްވައިދެއްވައިފަ އެވެ. އެ އިމާރާތުގެ ބިންގާ އަޅައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ. އަދި އެ ރަށުގައި މިއަދު ވަނީ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

ތިން ދުވަހަށް ކުރައްވާ ދަތުރުފުޅުގައި ރައީސް 10 ރަށަކަށް ވަޑައިގަންނަވާނެ އެވެ. ހަތަރު ރަށަކަށް އިއްޔެ ވަޑައިގަތެވެ. އެއީ ފިއްލަދު އާއި މުރައިދު އާއި އުތީމާއި ދިއްދު އެވެ.

އެ ރަށްރަށުގެ ތެރެއިން ޕޮލިސް އިމާރާތް ނެތް ރަށްރަށުގައި އާ އިމާރާތް އެޅުމަށް ބިންގާ އެޅުމާއި ކައުންސިލް އާ އިމާރާތުގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ. އަދި ދިއްދޫގައި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ވެސް ވަނީ ފައިފަ އެވެ.

މިއަދު އެމަނިކުފާނު ވަޑައިގަންނަވާނީ ތަކަންދޫގެ އިތުރުން މާރަންދު އާއި އިހަވަންދޫ އަދި ހޯރަފުއްޓަށެވެ.

މި ދަތުރުގައި ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ. އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.