28 ޖެނުއަރީ 2025 - 18:29

ރ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނީ އިންޑިއާ މީހެއް ކަމަށްވާ، އަފްތާބް ޚާން، 25، ކަމަށެވެ.
އޭނާ ގެއްލިގެން ރިޕޯޓްކުރީ އިއްޔެ 3:30 ހާއިރު ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މީހާ ގެއްލުނީ ކޮން ރިސޯޓަކުން ކަމެއް ފުލުހުން ނުބުނެ އެވެ.