ފްލޭޝް މޮބްގެ ހަރަކާތާއެކު 100 ޕްލަސްގެ ޚާއްސަ ހަވީރެއް ބާއްވައިފި

ފްލޭޝް މޮބްގެ ހަރަކާތާއެކު 100 ޕްލަސް އިސްތިހާރުކުރުމަށް ހާއްސަ ހަވީރެއް ބްރިޖް ޕްލެޓް ފޯމްގައި އިއްޔެ ބާއްވައިފި އެވެ.

ފްލޭޝް މޮބްގެ ހަރަކާތާއެކު 100 ޕްލަސްގެ ޚާއްސަ ހަވީރެއް ބާއްވައިފި
ފްލޭޝް މޮބްގެ ހަރަކާތާއެކު 100 ޕްލަސްގެ ޚާއްސަ ހަވީރެއް ބާއްވައިފި

މިއީ 100 ޕްލަސް އިން ހިންގި މިފަދަ ފުރަތަމަ ޕްރޮމޯޝަނަލް އިވެންޓެވެ.

ފްލޭޝް މޮބްގެ ހަރަކާތާއެކު 100 ޕްލަސްގެ ޚާއްސަ ހަވީރެއް ބާއްވައިފި
ފްލޭޝް މޮބްގެ ހަރަކާތާއެކު 100 ޕްލަސްގެ ޚާއްސަ ހަވީރެއް ބާއްވައިފި

ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ބުއިން ރާއްޖެ އެތެރެކޮށް ވިއްކާ ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ބޭއްވި ހަވީރަށް 600 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށެވެ. އަދި އެ ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހާއްސަ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލޭޝް މޮބްގެ ހަރަކާތާއެކު 100 ޕްލަސްގެ ޚާއްސަ ހަވީރެއް ބާއްވައިފި
ފްލޭޝް މޮބްގެ ހަރަކާތާއެކު 100 ޕްލަސްގެ ޚާއްސަ ހަވީރެއް ބާއްވައިފި

"މި ވެންޓްގައި ކުޑަކުދިންނަށް ފޭސް ޕެއިންޓް ފްރިސްބީ އާއި ފުޅި އެއްލުމުގެ މުބާރާތެއް އަދި ފްލޭޝް މޮބް ހަރަކާތެއް ވެސް ކުރިޔަށް ގެންދިޔަ. އަޅުގަނޑުމެން އުއްމީދުކުރި ވަރަށް ވުރެ ގިނަ މީހުން މި އިވެންޓަށް ޒިޔާރަތްކުރި،" އޮފިޝަލް ވިދާޅުވި އެވެ.

100 ޕްލަސް އިސްތިހާރުކުރުމަށް ބޭއްވި ހަރަކާތުގައި ހިލޭ ރަހަ ބެލުމުގެ ފުރުސަތު ދިނުމާއި އެ އުފެއްދުމާ ބެހޭ މައުލޫމާތު ދިނުމަށް ލީފްލެޓް ބެހުން ކުރިޔަށް ގެންދިޔަ އެވެ.