28 ޖެނުއަރީ 2025 - 15:09

ހުއްދަ ނުނަގައި ފާރު ނުތަޅަން މާލެ ސިޓީ ކައުންސިލުން މިއަދު އެދިއްޖެ އެވެ.
ކައުންސިލުން ސޯޝަލް މީޑިއާ ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ހުއްދަ ނުހޯދައި ބައެއް މަގުތަކުގެ ފާރު ތަޅަމުންދާ ކަމަށެވެ.
ނަމަވެސް، އެ ފަދަ ކަންކަން ކުރަން ބޭނުންވާނަމަ އޮންނަ އުސޫލުން ކައުންސިލްގެ ހުއްދަ ހޯދައިގެން ފާރު ތަޅާލަން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކައުންސިލުން ބުނީ ހުއްދަ ނުހޯދައި، އެ ފަދަ ކަންކަން ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ފާރު ތަޅާލުމުގެ ކުރިން ހުއްދަ ނަގަން އެދުނުއިރު، މާލޭގައި ގެއެއް އިމާރާތްކުރަނިކޮށް އެ ގެއާ ޖެހިގެން ހުރި ގެއެއް ވަނީ ގަނބައިގެންފަ އެވެ.