ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބޭނުންވާ ވަސީލަތްތައް ދެ އަހަރު ތެރޭ ހަމަކުރަން ޕްލޭނެއް
ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބޭނުންވާ ވަސީލަތްތައް ދެ އަހަރު ތެރޭ ހަމަކުރަން ޕްލޭނެއް

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބޭނުންވާ ވަސީލަތްތައް ދެ އަހަރު ތެރޭ ހަމަކުރަން ޕްލޭނެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބޭނުންވާ ވަސީލަތްތައް ދެ އަހަރު ތެރޭ ހަމަކުރަން ޕްލޭނެއް
ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބޭނުންވާ ވަސީލަތްތައް ދެ އަހަރު ތެރޭ ހަމަކުރަން ޕްލޭނެއް

ރައީސް މިގޮތަށް ވިދާޅުވީ ހއ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލު ހިމެނޭހެން ކުރިއަށް އޮތް ދެ އަހަރަށް ތައުލީމީ ދާއިރާގެ ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށެވެ. އޭގައި ހިމެނޭނެ ކަންކަމުގެ ތެރޭގައި ސްކޫލްތަކުގެ ތައުލީމީ ވަސީލަތްތައް ގާއިމް ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ އިންފްރާންސްޓްރަކްޗާ ވައިސް، ޖުމްލަކޮށް ކޮންމެ ރަށަކަށް އެބަ ބޭނުންވޭ ކްލާސްރޫމުގެ ވަސީލަތްތައް، ލެބޯޓްރީ، ލައިބްރަރީ އަދި ސްޓާފްރޫމްތައް އަދި ހޯލް،" ރައީސް ވިދާޅުވި އެވެ.

" މި ކަންކަން އެބަ ޖެހޭ ތަރުތީބު ކޮށްލަން. އޭރުން ދެ އަހަރަށް ބަހާލެވިގެން އެކަން ކުރެވޭނީ."

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެން ގޮތަށް ތައުލީމީ ދާއިރާގެ ހާލަތު ރަނގަޅު ކުރަން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ޕްލޭން ހަދައި ނިންމަވާނެ ކަމަށެވެ.

ތައުލީމީ ދާއިރާގައި ވެސް އިސްކަން ދެއްވާ ކަންކަން ތަރުތީބު ކުރައްވާ ކުރިއަށް ގެންދަވާނީ އެކަމަށް ބަލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާގެ ޕްލޭން ވެސް އެކުލަވާލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.