ހުއްދަ ދިނުމާ އެކު ޣައްޒާއަށް ލައްކައިން މީހުން ވަންނަން ފަށައިފި
ހުއްދަ ދިނުމާ އެކު ޣައްޒާއަށް ލައްކައިން މީހުން ވަންނަން ފަށައިފި

ފަލަސްތީނުގެ ހަމާސް އާއި އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ފަހު ޣައްޒާގެ އުތުރު ސަރަހައްދަށް އާންމުން ވަންނަން ދިއުމުން އެތައް ލައްކަ ބަޔަކު ހުއްޓުވައި މަގުމަތިކުރުމަށް ފަހު މިއަދު އަލުން ހުއްދަ ދީފި އެވެ.

ހުއްދަ ދިނުމާ އެކު ޣައްޒާއަށް ލައްކައިން މީހުން ވަންނަން ފަށައިފި
ހުއްދަ ދިނުމާ އެކު ޣައްޒާއަށް ލައްކައިން މީހުން ވަންނަން ފަށައިފި

ހަމަލާ ބަދަލުކުރުން 15 މަސް ދުވަސް ފަހުން ހުއްޓާލުމަށް ފަހު ހަމާސް އިން އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާއި އިޒްރޭލުން ފަލަސްތީނުގެ ގައިދީން މިނިވަންކުރަމުން ދާއިރު ޣައްޒާއަށް އާންމުން ވަނުމަށް އިޒްރޭލުން ހުރަސްއެޅީ ހޮނިހިރު ދުވަހު ދޫކޮށްލަން ބުނި ރަހީނަކު ދޫކޮށްނުލާ ކަމަށް ބުނެ އެވެ. އެކަމަކު މިހާރު ވަނީ އިތުރު ހަ ރަހީނަކު މިނިވަންކުރުމަށް އެއްބަސްވެފައި ކަމަށް ވަނީ ބުނެފަ އެވެ.

ހުއްދަ ދިނުމާ އެކު ޣައްޒާއަށް ލައްކައިން މީހުން ވަންނަން ފަށައިފި
ހުއްދަ ދިނުމާ އެކު ޣައްޒާއަށް ލައްކައިން މީހުން ވަންނަން ފަށައިފި

ހަމާސް ޖަމާއަތުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް ހުރަސް އަޅަމުން ދިއުމަށް ފަހު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އިއްޔެ ބުނީ އާ އެއްބަސްވުމަކަށް އައުމަށްފަހު ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ވަޒަނަށް އެނބުރި ދިއުމުގެ ހުއްދަ ދޭނެ ކަމަށެވެ.

ހުއްދަ ލިބުމާ އެކު މިހާރު ވަނީ ގޮނޑުދޮށުގައި އޮންނަ މަގަމުން އެތައް ހާސް މީހުންނެއް ފައި މަގުގައި ދަތުރު ފަށައިފަ އެވެ.

ޣައްޒާގެ ސެކިއުރިޓީ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ފުރަތަމަ ދެ ގަޑިއިރު ތެރޭ ވެސް 200،000 އަށްވުރެ ގިނަ މީހުން ވަނީ ޣައްޒާ އާއި އުތުރު ޣައްޒާއަށް ވަދެފަ އެވެ. އަނބުރާ ވަޒަނަށް ދެވުމުގެ އުފަލާ އެކު ވެސް ޣައްޒާ ސުންނާފަތިވެފައިވާ މަންޒަރުން ލިބެނީ ސިހުމެވެ. ގިނަ މީހުންގެ ދެދޮރު ވަނީ އިޒްރޭލުން ބޮން އަޅައި ހަލާކުކޮށްލައިފަ އެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް އިން ބުނީ އެނބުރި އަންނަ އާންމުންނަށް ހިޔާވަހިކަން ދޭން 135،000 ޓެންޓު ބޭނުންވާ ކަމަށެވެ.

ހަމާސް އިން ބުނަމުންދަނީ ޣައްޒާ ސުންނާފަތިކޮށްލާފައި އޮތަސް އެތަނަށް އެނބުރި އައުމުގެ ފުރުސަތު ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ އާންމުން ވިއްސިވިހާލިކޮށްލަން އިސްތިއުމާރީން ކުރި މަސައްކަތް ނާކާމިޔާވެފައިވާ ކަމަށެވެ.

ހަމާސް އިން މިހެން ބުނެފައި މި ވަނީ ޣައްޒާ ހުސްކޮށްލައި، އެތަނުގެ އާންމުން އުރުދުން އާއި މިސްރަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ އިޒްރޭލުގެ މަދަދުވެރި އެމެރިކާގެ ރައީސް ޑޮނަލްް ޓްރަމްޕް ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އެކަމަކު އުރުދުން އާއި މިސްރުން ވެސް ވަނީ އެ ވިސްނުމާ ދެކޮޅުހަދައިފަ އެވެ.

އިޒްރޭލުން މިއަދު ބުނެފައިވާ ގޮތުގައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހަމާސް އިން ދޫކޮށްލަން އިޒްރޭލުން ހުށަހެޅި، ޣައްޒާގައި ބަންދުކޮށްފައިވާ ރަހީނުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ.

އިޒްރޭލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމަކީ އޮކްޓޫބަރު 7، 2023 ގައި ދޭން ފެށި ހަމަލާތައް ހުއްޓާލައި އަދި ދާއިމީ ގޮތެއްގައި ހަމަލާތައް ނިމުމަކަށް ގެނައުމުގެ އުންމީދުގައި އެކި މަރުހަލާތަކަށް ބަހާލައިގެން ތަންފީޒުކުރަން ނިންމާފައިވާ އެއްބަސްވުމެކެވެ.