ދިރާގުން ދޭ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ބުރާސްފަތި ދުވަހު ހޮވަނީ
ދިރާގުން ދޭ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ބުރާސްފަތި ދުވަހު ހޮވަނީ

ދިރާގުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޕްރޮމޯޝަން، "ވިން އަ ސްޕީޑްބޯޓު"ގެ ނަސީބުވެރިޔާ ހޮވުން ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށް އެ ކުންފުނިން އިއުލާނު ކޮށްފި އެވެ.

އެ ކުންފުނިން ބުނީ ސްޕީޑް ބޯޓު ލިބޭ ނަސީބުވެރިޔާ ހޮވުމަށް ހާއްސަކޮށް ބާއްވާ ހަރަކާތް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8 ޖަހާއިރު ހުޅުމާލެ، ސެންޓްރަލް ޕާކުގައި ކަމަށެވެ. އެ ހަރަކާތުގައި ދިވެހި ފަންނާނުންގެ ހާއްސަ ހުށަހެޅުންތައް އޮންނާނެ ކަމަށާއި ހާއްސަ ފުޑްސްޓޯލްތަކެއް ވެސް ހުންނާނެ ކަމަށް ބުންޏެވެ.

"ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަކީ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައި އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހުން ޑިސެމްބަރު މަހަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަނުގައި ދިރާގުން ދޭން ނިންމީ އަލްޝާލީ މެރިންގެ "މަޖެލަން 32" ލޯންޗެވެ. އެ ލޯންޗަކީ 12 މީހުންގެ ޖާގައިގެ 32 ފޫޓުގެ ލޯންޗެކެވެ. މި ލޯންޗުގައި ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އިންޖީނު ހުންނާނެ އެވެ. މިއީ އަރާމު ޑެކަކާއި ހިތްފަސޭހަ ކެބިންއަކާއި ބަދިގެއެއް ވެސް ހިމެނޭ ލޯންޗެކެވެ.

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ހޫނު ތަރުހީބެއް ލިބުނެވެ. ދިރާގުން ވަނީ 2023 ވަނަ އަހަރު ވެސް މިފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮމޯޝަނުގައި ދިނީ ޓެސްލާ ކާރެކެވެ.