ރޯދައަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތުކުރަން ފަށައިފި
ރޯދައަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތުކުރަން ފަށައިފި

ރޯދަ މަހަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ރޯދައަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތުކުރަން ފަށައިފި
ރޯދައަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތުކުރަން ފަށައިފި

ކައުންސިލުން އަންނަނީ މާލެ އާއި ހުޅުމާލޭގެ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރޯދައަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތުކުރަން ފަށައިފި
ރޯދައަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތުކުރަން ފަށައިފި

ކައުންސިލުން ބުނީ ހުޅުމާލެ، މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ކަތުރު ފަނި އަޅާފައިވާ މިމްބަރު ބަދަލުކުރުމުގެ މަސައްކަތްކޮށް ނިންމާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރި މިސްކިތް، މަސްޖިދުލް އަމާނީ މަރާމާތުކޮށް ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ހުޅުމާލެ އަލްސާނީ މިސްކިތް ވެސް ޒީނަތްތެރި ކުރުމުގެ ގޮތުން ކައުންސިލުން އަންނަނީ ގަސް އިންދަމުންނެވެ.

އޭގެ އިތުރުން ހުޅުމާލެ މަސްޖިދުލް ހައްތާބުގެ ފާހާނާގެ ދޮރުތަކާއި ޓައިލްސް ބަދަލުކޮށް، ވުޟޫކުރާ ބައި މަރާމާތުކޮށް ނިންމާފައިވާއިރު، މަސަޖިދުލް ތަގުވާ ޒީނަތްތެރި ކުރުމާއި ނަމާދު ކުރާބައި ބޮޑުކޮށް ނިންމުމުގެ އިތުރުން، އެ މިސްކިތުގައި އިތުރު ފާހާނާއެއް ހެދުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ފުރުގާން މިސްކިތުގައި އަމިއްލަ ފަރާތަކުން އޭސީ ހަރުކޮށްދޭން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވެސް ރޯދައިގެ ކުރިން ނިންމާލާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން، މާލޭގެ މަގުތަކުގައި ހިނގާބިގާވެއުޅޭ މީހުންނަށް އުނދަގޫވާގޮތަށް ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް ވެސް ކައުންސިލުން އަންނަނީ ކުރަމުންނެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަލަންޑަރުގައި ވަނީ މާޗް 1 ވަނަ ދުވަހެވެ.