މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި
މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި

މާލޭގައި މާރަމާރީއެއް ހިނގައި މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ އަނިޔާ ލިބިފައިވާ މީހެއް ރޭ 11:40 ގައި އައިޖީއެމްއެޗް އަށް ގެނެސްފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެއީ މާލޭގައި ރޭ ހިނގި މާރަމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދީގެން އަނިޔާވި މީހެކެވެ.

ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.