ބީއެމްއެލްގެ އެހީ ސަލާހުއްދީނާއި ހިރިޔާ ސްކޫލުގެ ސެން ކްލާހަށް
ބީއެމްއެލްގެ އެހީ ސަލާހުއްދީނާއި ހިރިޔާ ސްކޫލުގެ ސެން ކްލާހަށް

މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ހިރިޔާ ސްކޫލާއި ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލްގެ އެހީ ސަލާހުއްދީނާއި ހިރިޔާ ސްކޫލުގެ ސެން ކްލާހަށް
ބީއެމްއެލްގެ އެހީ ސަލާހުއްދީނާއި ހިރިޔާ ސްކޫލުގެ ސެން ކްލާހަށް

ބީއެމްއެލްއިން ވަނީ އެ ދެ ސްކޫލުގެ ސެން ކްލާސްރޫމްތައް މަރާމާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދީ އުނގެނުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީފަ އެވެ.

ބީއެމްއެލްގެ އެހީ ސަލާހުއްދީނާއި ހިރިޔާ ސްކޫލުގެ ސެން ކްލާހަށް
ބީއެމްއެލްގެ އެހީ ސަލާހުއްދީނާއި ހިރިޔާ ސްކޫލުގެ ސެން ކްލާހަށް

ބީއެމްއެލްއިން ބުނި ގޮތުގައި އެ ކްލާސްރޫމްތަކަށް ހަދިޔާކުރި ތަކެއްޗަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ. އަދި ބެންކުން ފޯރުކޮށްދިން އެހީތެރިކަމާއެކު އެ ދެ ސްކޫލްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 200 ވަރަކަށް ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ބީއެމްއެލްއިން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގެ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފަ އެވެ. އަދި ދާދި ފަހުން ބެންކުން ވަނީ އިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމުކުރުމަށާއި އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓާ ލެބް ތަރައްގީކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.