ހިރިޔާ ސްކޫލްގައި ބޭއްވި މުބާރާތެއްގައި ފުޓުބޯޅަ ކުޅެނިކޮށް ބެލެނިވެރިޔަކު ނިޔާވެއްޖެ
ހިރިޔާ ސްކޫލްގައި ބޭއްވި މުބާރާތެއްގައި ފުޓުބޯޅަ ކުޅެނިކޮށް ބެލެނިވެރިޔަކު ނިޔާވެއްޖެ

މާލޭގެ ހިރިޔާ ސްކޫލުގައި ބޭއްވި މުބާރާތެއްގައި ފުޓްބޯޅަ ކުޅެނިކޮށް ބެލެނިވެރިއަކު ކުއްލިއަކަށް ރޭ ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ބެލެނިވެރިންނަށް ހާއްސަ ކޮށްގެން އެ ސްކޫލުގެ ގޯތިތެރޭގައި ބޭއްވި މުބާރާތުގައި ފުޓުބޯޅަ ކުޅެނިކޮށް ވެއްޓި ނިޔާވީ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ވެއްޓުމާ އެކު، އެ ތަނުގައި ތިބި މީހުން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް، ސްކޫލާ ޖެހިގެން ކަހަލަ ގޮތަކަށް ހުރި އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށްވެ އެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.