މާލޭގެ ގުދަނެއްގައި ރޯވެ، އަނދައި ހުލިވެއްޖެ
މާލޭގެ ގުދަނެއްގައި ރޯވެ، އަނދައި ހުލިވެއްޖެ

މާލޭގެ މަޖީދީމަގުގައި ހުރި ގުދަނެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.

މާލޭގެ ގުދަނެއްގައި ރޯވެ، އަނދައި ހުލިވެއްޖެ
މާލޭގެ ގުދަނެއްގައި ރޯވެ، އަނދައި ހުލިވެއްޖެ

އަލިފާން ރޯވީ، އެކި ވައްތަރުގެ ޗޮކްލެޓާއި ނަޓްސް އާއި ރީތިވާސާމާނު ފަދަ ގިނަ ބާވަތްތަކެއް ވިއްކާ "ފުރުޓް ޓްރީ އެޕަލް" ފިހާރައިގެ ގުދަނުގަ އެވެ. އެތަން ހުންނަނީ މަޖީދީ މަގު، ވިލާ މާޓު ކައިރީގަ އެވެ.

މާލޭގެ ގުދަނެއްގައި ރޯވެ، އަނދައި ހުލިވެއްޖެ
މާލޭގެ ގުދަނެއްގައި ރޯވެ، އަނދައި ހުލިވެއްޖެ

އެ ގުދަނަކީ ދަގަނޑާއި ޓިނުން ދެ ބުރިއަށް ހަދާފައި ހުރި ތަނެކެވެ.

އެމްއެންޑީއެފުން ބުނީ ރޭ ފަތިހު 4:20 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 5:27 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން އެއްކޮށް ނިއްވާލެވުނީ ހެނދުނު ހައެއް ޖެހިއިރެވެ. އޭރު ބޭނުން ނުކުރެވޭ ވަރަށް ގުދަން އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި ޖެހިގެން ހުރި ގެތަކަށް އަލިފާނުގެ އަސަރުކޮށް މީހުން ބަދަލުކުރަން ޖެހުނެވެ.

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި ފަސް ގެއަކަށް ގެއްލުންވެ އެ ގެތަކުގެ މީހުންނަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގެއެއްގެ 33 މީހެއް ފާހަގަކުރެވުނު ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އޭގެ ތެރެއިން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.