ތުރުކީގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 76 މީހުން މަރުވެއްޖެ
ތުރުކީގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 76 މީހުން މަރުވެއްޖެ

ތުރުކީގެ ހޮޓަލެއްގައި އަލިފާން ރޯވެ 70 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މި ހާދިސާގައި އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު ސާފެއް ނުވި ނަމަވެސް މީޑިއާތަކުން ރިޕޯޓުތަކުގައިވަނީ އަލިފާން ރޯވީ ހޮޓެލްގެ ހަތަރު ވަނަ ފްލޯގައި ހުރި ރެސްޓޯރެންޓެއްގައި ކަމަށެވެ.

މި ހާދިސާ ހިނގިއިރު ހޮޓެލްގައި ތިބި 234 މީހުންގެ ތެރެއިން 76 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އަލިފާން ރޯވުމުން ސަލާމަތްވާން ފުންމާލި ދެ މީހަކު ވެސް ހިމެނެ އެވެ. އަދި އިތުރު 51 މީހަކަށް އަނިޔާވިއިރު، އޭގެ ތެރެއިން 17 މީހަކު ވަނީ ފަރުވާއަށްފަހު ދޫކޮށްލައިފަ އެވެ.

ތުރުކީގެ ކަމާބެހޭ އިދާރާތަކުން ބުނީ އެ މައްސަލާގައި ނުވަ މީހުން ހައްޔަރުކުރި ކަމަށެވެ. އޭގެ ތެރޭގައި ހޮޓެލްގެ ވެރިފަރާތް ވެސް ހިމެނެ އެވެ.

މީޑިއާތަކުގައިވާ ގޮތުން މި ހޮޓެލްގައި ހަރުކުރަން ޖެހޭ އަލިފާން ނިއްވާ ނިޒާމު ހުރީ ގާއިމް ނުކޮށެވެ.