ށ. އަތޮޅުގެ ފައިނަލަށް ކަނޑިތީމާއި މިލަންދޫ
ށ. އަތޮޅުގެ ފައިނަލަށް ކަނޑިތީމާއި މިލަންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ށ. އަތޮޅުގެ ފައިނަލަށް މިލަންދޫ އާއި އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމު ދަތުރުކޮށްފި އެވެ.

އިއްޔެ ހަވީރު މިލަންދޫ ވަނީ 4-0 އިން ނަރުދޫ ބަލިކޮށްފަ އެވެ. އަދި ކަނޑިތީމު ވަނީ 2-0 އިން ބިލެތްފަހި ބަލިކޮށްފަ އެވެ.

ކަނޑީތީމާއި މިލަންދޫ ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރެވެ. އެވެ.

ތިން ޓީމު ވާދަކުރި ނ. އަތޮޅުގެ ގުރޫޕް ސްޓޭޖުގައި އިއްޔެ ހޮޅުދޫ ވަނީ 3-2 އިން މިލަދޫ ބަލިކޮށް، ގުރޫޕްގެ އެ އްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ފުރަތަމަ މެޗުގައި ހޮޅުދޫ ވަނީ ވެލިދޫ ބަލިކޮށްފަ އެވެ. މިލަދޫ އާއި ވެލިދޫ އަށް ވެސް ޕޮއިންޓެއް ނުލިބި އޮތް އިރު، ފައިދާ ގޯލުގެ ތަފާތުން އަދި ކުރީގައި އޮތީ މިލަދޫ އެވެ. އަތޮޅު ފައިނަލްގެ ފަހު ޖާގަ ހޯދަން ބާކީ އޮތީ މިލަދޫ އާއި ވެލިދޫގެ ކުރިމަތިލުމެކެވެ. މި މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 10:30 ގަ އެވެ.

މާއެނބޫދޫ ވަނީ ދ. އަތޮޅު ބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް އެއް ވަނައިގައި ފައިނަލްގެ ފުރުސަތު ޔަގީން ކޮށްފަ އެވެ.

މާއެނބޫދޫ ވަނީ ރޭ އާމިލް އަލީގެ ހެޓްރިކަކާ އެކު 5-3 އިން އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ކުޑަހުވަދޫ ބަލިކޮށްފަ އެވެ.

ފައިނަލްގެ ދެވަނަ ޖާގަ ޔަގީން ކުރަން މި އަތޮޅު ބުރުގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ 9 ޖަހާއިރު ކުޑަހުވަދޫ އާއި ބަނޑިދޫ ބައްދަލުކުރާނެ އެވެ.

ގދ. އަތޮޅުގެ ގުރޫޕް އޭގައި ރޭ 4-2 އިން ފަރެސްމާތޮޑާ ބަލިކޮށް ތިނަދޫ ވަނީ ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގައެއް ހޯދައިފަ އެވެ. އެއްވަނަ ހޯދާފައި ވަނީ ދެ މެޗު ވެސް ކާމިޔާބުކުރި މަޑަވެލި އެވެ.

ގުރޫޕް ބީގެ އެއް ވަނަ ލިބުނީ ހަތަރު ޕޮއިންޓް ހޯދާފައިވާ ވާދޫ އަށެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ ރޭ ފިޔޯރީއާ 1-1 އިން އެއްވަރުކޮށް ޖުމްލަ ދެ ޕޮއިންޓް ހަމަކުރި ގައްދޫ އެވެ.

މި އަތޮޅުގެ ސެމީ ފައިނަލްގައި މަޑަވެލި އަދި ގައްދޫ ބައްދަލު ކުރާއިރު، ވާދޫ ނުކުންނާނީ ތިނަދޫއާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރެވެ.

ސ. އަތޮޅުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ވެސް ރޭ ވަނީ ނިމިފަ އެވެ. އެގޮތުން 3-1 އިން ހުޅުދޫ ބަލިކޮށް ހަތަރު ޕޮއިންޓާ އެކު ގުރޫޕް އޭގެ އެއް ވަނަ ހޯދީ ފޭދޫ އެވެ. ދެވަނަ ލިބުނީ ދެ ޕޮއިންޓް ހޯދާފައިވާ މަރަދޫފޭދޫ އަށެވެ. ހުޅުދޫ ނިންމާލީ ޕޮއިންޓަކާ އެކު އެވެ.

ގުރޫޕް ބީގެ އެއް ވަނަ ހޯދީ އެންމެ ފަހުވެ އަތޮޅު ޗެމްޕިއަން ހިތަދޫ އެވެ. އެ ޓީމު ވަނީ ރޭ 2-1 އިން މީދޫ ބަލިކޮށް ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. މީދޫ އާއި މަރަދޫ އަށް ވެސް ޕޮއިންޓެއް ލިބިފައި ވާއިރު، މަރަދޫ އަށް ގުރޫޕްގެ ދެ ވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ސެމީ ފައިނަލްގައި ފޭދޫ އާއި މީދޫ ބައްދަލު ކުރާއިރު، ހިތަދޫ ނުކުންނާނީ މަރަދޫފޭދޫއާ ދެކޮޅަށެވެ. މި މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 11 ޖަހާއިރެވެ.

އެއް މެޗު ބާކީ އޮއްވައި ފ. އަތޮޅުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ދަރަނބޫދޫ އެވެ. ދަރަނބޫދޫ ވަނީ ރޭ 2-1 އިން ބިލެތްފަހި ބަލިކޮށް، މިހާތަނަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ މަގޫދޫ އެވެ. ތިން ވަނައިގައި އޮތް ބިލެތްދުއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ފައިނަލްގެ ފަހު ޖާގަ ޔަގީން ވާނީ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ގުރޫޕްގެ ފަހު ދެ މެޗަށް ފަހު އެވެ. އެ ރޭ މަގޫދޫ އާއި ދަރަނބޫދޫ ބައްދަލުކުރާއިރު ބިލެތްދޫ ނުކުންނާނީ ފީއަލި އާ ދެކޮޅަށެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ހއ. އަތޮޅުގެ މެޗުތަކެވެ. މިރޭ ކުޅޭނީ ހދ. އަދި މ. އަތޮޅުގެ މެޗުތަކެވެ.