އެމްޕީއެލް ޓަވަރާއި ދިރާގު އިމާރާތް ފިޔަވައި ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި
އެމްޕީއެލް ޓަވަރާއި ދިރާގު އިމާރާތް ފިޔަވައި ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

ސްޓެލްކޯ އިން ބުނިގޮތުގައި ހުޅުމާލެ 2 ގެ އެމްޕީއެލް ޓަވަރާއި ދިރާގު ބިލްޑިންގް ފިޔަވައި ހުރިހާ ސަރަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި.

ސްޓެލްކޯ އިން ދެންމެ ބުނީ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލެ އަށް ކަރަންޓު ދޭ ފީޑާތަކުގެ ތެރެއިން ފީޑަރެއް ޓްރިޕް ވުމާ ގުޅިގެން ކަމަށް. ހުޅުމާލެ 1 ގެ ތިން ޓްރާންސްފޯމަރެއް މިހާރު އެނަޖައިޒްކޮށް، ކަރަންޓު ދީފައިވާ ކަމަށާއި ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ސްޓެލްކޯ އިން ބުނި.

ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހުޅުމާލެ 2 ގެ ބައެއް ސަރަހައްދުތަކުން ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި، ކަރަންޓު ކެނޑުނީ ހިޔާ ފްލެޓުގެ 9 ވަނަ ޓަވަރުން ފެށިގެން 16 ވަނަ ޓަވަރާ ހަމައަށެވެ. ދިމާވި މައްސަލަ އަދި ސާފެއް ނޫނެވެ.

ހުޅުމާލެ އަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯ އިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓްވިޓެއްގައި ބުނީ، ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. މައްސަލަ ދަނެގަނެ ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކުއްލި ގޮތަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން މާފަށް އެދެ އެވެ.