މަގޫދޫން ނިލަންދޫ ބަލިކޮށް ފ. އަތޮޅުގެ ފޯރިގަދަ ކޮށްލައިފި
މަގޫދޫން ނިލަންދޫ ބަލިކޮށް ފ. އަތޮޅުގެ ފޯރިގަދަ ކޮށްލައިފި

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި މަގޫދޫ 3-2 އިން ނިލަންދޫ ބަލިކޮށް ފ. އަތޮޅު ބުރުގެ ފޯރި ގަދަ ކޮށްލައިފި އެވެ.

މަގޫދޫން ނިލަންދޫ ބަލިކޮށް ފ. އަތޮޅުގެ ފޯރިގަދަ ކޮށްލައިފި
މަގޫދޫން ނިލަންދޫ ބަލިކޮށް ފ. އަތޮޅުގެ ފޯރިގަދަ ކޮށްލައިފި

އިއްޔެ ހަވީރު ކުޅުނު މެޗުން މަގޫދޫ މޮޅުވުމާ އެކު، އެ ޓީމު ވަނީ ފަސް ޓީމު ވާދަކުރާ ފ. އަތޮޅުގެ ލީގު ބުރުގައި، މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އެއް ވަނައަށް ޖެހިލައިފަ އެވެ. ނިލަންދޫ ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

މަގޫދޫން ނިލަންދޫ ބަލިކޮށް ފ. އަތޮޅުގެ ފޯރިގަދަ ކޮށްލައިފި
މަގޫދޫން ނިލަންދޫ ބަލިކޮށް ފ. އަތޮޅުގެ ފޯރިގަދަ ކޮށްލައިފި

ފ. އަތޮޅު ލީގު ބުރުގެ ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ހަ ޕޮއިންޓް ހޯދާފައިވާ ދަރަނބޫދޫ އެވެ. ދަރަނބޫދޫ ވަނީ އިއްޔެ 2-1 އިން ފީއަލީ ބަލިކޮށްފަ އެވެ. ފީއަލީ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

މަގޫދޫން ނިލަންދޫ ބަލިކޮށް ފ. އަތޮޅުގެ ފޯރިގަދަ ކޮށްލައިފި
މަގޫދޫން ނިލަންދޫ ބަލިކޮށް ފ. އަތޮޅުގެ ފޯރިގަދަ ކޮށްލައިފި

މި އަތޮޅުގެ ތިން ވަނައިގައި އޮތީ މިހާތަނަށް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ބިލެތްދޫ އެވެ.

މަގޫދޫން ނިލަންދޫ ބަލިކޮށް ފ. އަތޮޅުގެ ފޯރިގަދަ ކޮށްލައިފި
މަގޫދޫން ނިލަންދޫ ބަލިކޮށް ފ. އަތޮޅުގެ ފޯރިގަދަ ކޮށްލައިފި

މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފ. އަތޮޅުގެ ފައިނަލް މެޗު ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމެވެ. މިވަގުތު އެއް ވަނައިގައި އޮތް މަގޫދުއަށް ލީގު ބުރުގައި ބާކީ އޮތީ ދަރަނބޫދޫއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގެ ކުރިން ދަރަނބޫދޫ، ލީގު ބުރުގައި ބިލެތްދުއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ބިލެތްދޫ ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ ފީއަލީއާ ދެކޮޅަށެވެ.

މ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން މުލައް ހިމެނެނީ ގުރޫޕް އޭގަ އެވެ. މުލަކާއި ދިއްގަރު ރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މި ގުރޫޕްގައި ދެން ހިމެނޭ މަޑުއްވަރި އަދި ވޭވަށް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ މަޑުއްވަރި އެވެ.

މިއާ އެކު މުލަކާއި ދިއްގަރަށް ވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ރޭގެ މެޗު ކާމިޔާބު ކޮށްގެން ތިން ޕޮއިންޓް ހޯދާފައިވާ މަޑުއްވަރި އޮތީ ތިން ވަނައިގަ އެވެ. ދެ މެޗުން ވެސް ބަލިވެ ވޭވަށް ވަނީ ކަޓައިފަ އެވެ.

މި ގުރޫޕްގައި މުލައް ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ މަޑުއްވަރިއާ އެވެ. އަދި ވޭވަށާ ދެކޮޅަށް ދިއްގަރު ނުކުންނާނެ އެވެ.

މި އަތޮޅުގެ ގުރޫޕް ބީގައި ހިމެނެނީ ތިން ޓީމެވެ. އެންމެ ފަހުގެ އަތޮޅު ފައިނަލް ކުޅުނު ނާލާފުށި ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި ރޭ މުއްޔާ ވާދަކޮށް 0-0 އިން އެއްވަރުވެފަ އެވެ. މުލިން އެޓީމުގެ ފުރަތަމަ މެޗުގައި ކޮޅުފުއްޓާ ވާދަކޮށް ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މި އަތޮޅުގެ ގުރޫޕް ސްޓޭޖުގެ ފަހު ތިން މެޗު ވެސް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.

އިއްޔެ ހަވީރު މަޑަވެއްޔާއި ވާދޫ ވަނީ ގދ. އަތޮޅުގެ ސެމީ ފައިނަލުން ޖާގަ ޔަގީން ކޮށްފަ އެވެ.

އެގޮތުން ގުރޫޕް އޭގައި ހިމެނޭ މަޑަވެލި ވަނީ 3-2 އިން ފަރެސްމާތޮޑާ ބަލިކޮށް، ގުރޫޕް ސްޓޭޖްގެ ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ތިން ޓީމު ހިމެނޭ މި ގުރޫޕްގެ ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަޑަވެލި ވަނީ ހަމަ މި ނަތީޖާއިން ތިނަދޫ ބަލިކޮށްފަ އެވެ.

ތިން ޓީމު ހިމެނޭ ގދ. އަތޮޅު ގުރޫޕް ބީގައި ވާދޫ އިއްޔެ ގައްދުއާ ވާދަކޮށް 1-1 އިން އެއްވަރު ވި ނަމަވެސް އެ ޓީމު ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ވާދޫ ފުރަތަމަ މެޗުގައި ފިޔޯރީ ބަލިކުރީ 11-1 ގެ ނަތީޖާއަކުންނެވެ.

މި އަތޮޅުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެރެ އެވެ.

ސ. އަތޮޅު ބުރުގައި ވާދަކުރާ ހަ ޓީމު ވެސް ދެ ގުރޫޕަކަށް ބަހާލައިފައި ވާއިރު، މަރަދޫފޭދޫ އާއި ހުޅުދޫ ބައްދަލުކުރި ގުރޫޕް އޭގެ މެޗު ރޭ ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މަރަދޫފޭދޫގެ ދެ މެޗު ވެސް އެއްވަރު ވެފައި ވާއިރު، ފޭދު އާއި ހުޅުދުއަށް ވެސް ވަނީ އެއް މެޗުން ޕޮއިންޓެއް ލިބިފަ އެވެ.

މި އަތޮޅުގެ ގުރޫޕް ބީގައި ރޭ މަރަދޫ އާއި މީދޫ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 އިންނެވެ. މަރަދޫ ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ހިތަދޫ އަތުން 3-0 އިން ބަލިވެފަ އެވެ. މި ގުރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ މީދޫ އާއި ހިތަދޫ އެވެ.

މި އަތޮޅުގެ ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗު ވެސް އަންނަ ހޯމަ ދުވަހުގެ ރޭ ކުޅޭނެ އެވެ.

ނ. އަތޮޅާއި ވ. އަތޮޅު ބުރުގައި ވެސް ވާދަކުރަނީ ތިން ޓީމެވެ. ދެ އަތޮޅުގެ ވެސް ފައިނަލް މެޗު ކުޅޭނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ދެ ޓީމުގެ މެދުގަ އެވެ.

ނ. އަތޮޅުގެ ފުރަތަމަ މެޗުގައި ރޭ ހޮޅުދޫ ވަނީ 4-1 އިން ވެލިދޫ ބަލިކޮށްފަ އެވެ. ހޮޅުދޫގެ ހަތަރު ލަނޑު ވެސް ޖަހައިދިނީ އެޓީމުގެ އަބްދުﷲ ވަދޫދެވެ.

މ. އަތޮޅުގެ ލީގު ބުރުގައި ދެން އޮންނާނީ މި ދެ ޓީމު، މިލަދޫއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. މި އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކެނދިކުޅުދޫ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެ އެވެ.

ވ. އަތޮޅުގެ ފުރަތަމަ މެޗުގައި ރޭ ފެލިދޫ ވަނީ 1-0 އިން ފުލިދޫ ބަލިކޮށްފަ އެވެ. މި އަތޮޅުގެ ލީގު ބުރުގައި ދެން އޮންނާނީ މި ދެ ޓީމު، އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ކެޔޮދޫއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަދު ހަވީރު ބ. އަތޮޅާއި ދ. އަތޮޅު ބުރުގެ ކުޅުން ފަށާނެ އެވެ. އެއަށް ފަހު މިރޭ ކުޅޭނީ ހއ. އަދި ހދ. އަތޮޅުގެ މެޗުތަކެވެ.